ތުރުކީން ކަރަންޓު ކެނޑިއްޖެ، ޓެރަރިސްޓުންގެ އަމަލެއްތޯ ތަހުގީގު ކުރަނީ

ތުރުކީގެ ވަރަށް ގިނަ ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ގޮސް އާންމު ދަތުރުފަތުރާއި އެހެނިހެން ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި އެވެ.
މިއީ މިދިޔަ 15 ވަރަކަށް އަހަރު ތެރޭ ތުރުކީ އަށް ދިމާވި ކަރަންޓުގެ އެންމެ ބޮޑު މައްސަލަ ކަމަށް ބެލެވޭއިރު މިކަމާ ޓެރަރިސްޓުންނާ އެއްވެސް ގުޅުމެއް ވޭތޯ މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ތުރުކީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންޓު ކެނޑުނީ ތުރުކީ ގަޑިން މިއަދު ހެނދުނު 10:36 ގަ އެވެ. ތުރުކީގެ 16 ފްލައިޓް ރާޑަރުގެ ތެރެއިން 11 ރާޑަރަކުން ކަރަންޓު ދިޔަ ކަމަށްވެ އެވެ.
ތުރުކީގެ ރައީސް ވިދާޅުވީ ކަރަންޓު ކެނޑުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށާއި ޓެރަރިޒަމާ ގުޅުން ހުރިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ