އެމެރިކާގެ ރައީސަކު މަރަން އުޅެފި ނަމަ އީރާން އެއްކޮށް ނައްތާލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް އަވަހާރަކޮށްލަން އީރާނުން މަސައްކަތްކޮށްފި ނަމަ ނުވަތަ އެކަން ކާމިޔާބު ކޮށްފި ނަމަ، އެ ގައުމު "މުޅިން ސުންނާފަތިކޮށްލާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
"އެމެރިކާގެ ރައީސް—މި ހާލަތުގައި އަހަރެން—މަރާލަން ނުވަތަ އެފަދަ ކަމެއް ކުރަން އީރާނު ސަރުކާރުން އުޅެފި ނަމަ، އީރާނަށް އަމާޒުކޮށް 1،000 މިސައިލް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައި. އަދި އޭގެ ފަހަތުން ވަގުތުން ފޮނުވާލުމަށް އެތައް ހާސް މިސައިލެއް ވެސް އެބަހުރި،" ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ވެސް އަމުރުތައް ވަނީ ދީފައި ކަމަށާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަދި އެ މުއްދަތު އިތުރުކުރާ ގޮތަށް، އީރާނުގެ ހުރިހާ ސަރަހައްދެއް މުޅިން ސުންނާފަތިކޮށް ހަލާކުކޮށްލުމަށް އެމެރިކާގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. 
ޓްރަމްޕު މިހެން ވިދާޅުވެފައި މި ވަނީ  އިޒްރޭލުން މި ހަފުތާގައި އެމެރިކާއަށް ދިން ޖާސޫސީ މައުލޫމާތުތަކެއްގައި، ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން މުޅިން އަލަށް "ވަކި ހާއްސަ" ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައި ވަނިކޮށެވެ.
 ޓްރަމްޕް އަވަހާރަކޮށްލަން އުޅޭކަމުގެ ޖާސޫސީ މައުލޫމާތުތައް އެމެރިކާއިން ދިޔައީ ސިލްސިލާކޮށް ބަލަމުންނެވެ. ނަމަވެސް، ސީއެންއެން އިން މިކަމާ ގުޅުންހުރި ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި އިންޒާރަކީ މުޅިން އާ އަދި ވަކި ހާއްސަ ރޭވުމަކާ ގުޅޭ މައުލޫމާތެކެވެ. 
The most trusted news source in the Maldives
 ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އަމުރު ކުރެއްވުމާ ގުޅިގެން، އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. 
މި ރިޕޯޓްތަކާ ގުޅިގެން އޭއެފްޕީން ވައިޓް ހައުސްއާ ގުޅުމުން، އޮފިޝަލަކު
ވަނީ ބުދަ ދުވަހު ޓްރަމްޕް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައިފަ
އެވެ.
"އެމީހުން ބޭނުންވަނީ އެމެރިކާގެ ލީޑަރު—އަހަރެން ނައްތާލަން. އަހަރެން
އޮތީ ކޮންމެވެސް ލިސްޓެއްގައި. މިއަދު ހެނދުނު އަހަރެން ދުށިން އެ މީހުންގެ
ކޮންމެ ލިސްޓެއްގެ ކުރީގައި އަހަރެން އޮތްތަން،" ނޭޓޯ ސަމިޓް
ނިންމަވާލެއްވުމަށް ފަހު އެއާ ފޯސް ވަން ބޯޓުގައި ގައުމަށް އެނބުރި
ވަޑައިގަންނަވަމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
ސަމިޓް ބޭއްވި ތުރުކީން ފުރާވަޑައިގަތުމަށް ޓްރަމްޕް ބޭނުންކުރެއްވީ
އޭނާގެ ކުރީގެ އެއާ ފޯސް ވަން ބޯޓެވެ. އަދި ގަތަރުން ހަދިޔާކުރި އާ ޖެޓް
އިނގިރޭސިވިލާތަށް ކުރިން ފޮނުވާލުމަށް ފަހު، ވޮޝިންޓަނަށް ވަޑައިގަތުމަށް
އޭނާ ވަނީ ބޯޓު ބަދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ