މަރާލަން މަސައްކަތް ކުރާނަމަ އީރާނަށް މިސައިލުން ހަމަލާދީ ނައްތާލާނަން: ޓްރަމްޕް
އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތް ކޮށްފިނަމަ މިސައިލުން ހަމަލާދީ އެ ގައުމު ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިިފިއެވެ. ޓްރަމްޕް ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވާ ގޮތުގައި އީރާނަށް ފޮނުވާލަން 1000 މިސައިލް ވަނީ ތައްޔާރުކޮށްފައެވެ. އޭނާ އަވަހާރަކޮށްލަން މަސައްކަތްކޮށްފިނަމަ، ވަގުތުން އިތުރު އެތައް ހާސް މިސައިލް ވެސް ފޮނުވާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އެކަމަށް މިހާރުވެސް އަމުރުތައް ދީފައިވާ ކަމަށާއި އެމެރިކާގެ އަސްކަރިއްޔާއަކީ އީރާނުގެ ހުރިހާ ސަރަހައްދެއް މުޅިން ނައްތާލަން ތައްޔާރަށް ތިބި ބައެއް ކަމަށްވެސް ޓްރަމްްޕް ވިދާޅުވިއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ، އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން އާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އިސްރާއީލުން ދާދި ފަހުން އެމެރިކާއަށް އަންގައިފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ދަނީ އަސަރު ކުރަމުންނެވެ. އޭގެ ސަބަބުން އެމެރިކާއަށް ވެސް މާލީ ޕްރެޝަރުތައް ބޮޑުވަމުން އަންނައިރު، މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ދެ ގައުމުން ވަނީ ވަގުތީ އެއްބަސްވުމެއް ހަދައި ހަމަލާ ހުއްޓާލަން ނިންމައިފައެވެ. އެއަށްފަހު ދާއިމީ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރި ނަމަވެސް މިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ އީރާނާއެކު ހަދައިފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އަނެއްކާވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ