މިދިޔަ މަހު މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު 118.6 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 118,599,425 މިލިޔަން އެމެރިކާ ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 117,677,311 ޑޮލަރެވެ. އެހެންކަމުން މިއީ %0.85 އިތުރު އަދަދެކެވެ.
ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ފަތުރުވެރިކަމުގެ ބިމު ކުއްޔާއި، އިންކަމް ޓެކްސްއާއި، ގްރީން ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.
* ޓީ-ޖީއެސްޓީ: 41 މިލިޔަން ޑޮލަރު
* ފަތުރުވެރިކަމުގެ ބިމު ކުލި: 27 މިލިޔަން ޑޮލަރު
* އިންކަމް ޓެކްސް: 19 މިލިޔަން ޑޮލަރު
* ގްރީން ޓެކްސް: 10 މިލިޔަން ޑޮލަރު
* އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 9 މިލިޔަން ޑޮލަރު
* ޑިޕާޗަރ ޓެކްސް: 9 މިލިޔަން ޑޮލަރު
މިއާއެކު، އަހަރުގެ މިހާތަނަށް މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ 867,947,926 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ޑޮލަރުން ބަލައިގަނެފައިވާ 749,348,502 ޑޮލަރާއި އަޅާ ބަލާއިރު %9.67 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު %37 އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ ޑޮލަރު އާމްދަނީ 118.6 މިލިޔަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ