ވާހަކަ: އުންމީދުގެ އަލިކަމެއް ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ބުކްރައިޓާސް އެސޯސިއޭޝަނުން 14 ފޮތެއް ލޯންޗްކޮށްފި މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް 3 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި ހީޓްވޭވްގެ އަސަރު އަންހެނުންނަށް މާ ބޮޑަށް ކުރަނީ ކީއް

މާލޭގެ ރަސްމީ ފާލަން ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް އަދިވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 09:10 ހާއިރު ކަމަށް މެރިން ޕޮލިހުން ބުންޏެވެ.
އައިޖީއެމް ހޮސްޕިޓަލުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ފަރުވާ ދިނުމަށް ޖުމްލަ ފަސް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރެއިން ތިން މީހަކަށް މިހާރު ވެސް ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުންދާއިރު، ބާކީ ތިބި ދެ މީހުންނަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނަކަށެވެ. ނަމަވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އޭގެ ތެރެއިން ކޮން ބަޔަކަށް ކަމެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ހާދިސާއަށް ފަހު މަޑުނުކޮށް ފިލާފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ބުނީ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ