ޕީއެންސީގެ އެތެރޭގެ އިންތިހާބު ފެށިގެން ކުރިއަށް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފި އެވެ. 
މި އިންތިހާބުގައި ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އެކި މަގާމުތަކަށް 2,500 އަށްވުރެ ގިނަ މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް މަގާމުތަކަށް އިންތިހާބަކާ ނުލައި މީހުން ވަނީ ހޮވިފަ އެވެ. 
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
MU STORE
އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ. 
މާލޭގެ އަމީނިއްޔާ ސްކޫލްގައި މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް ހާއްސަކޮށްފައިވާއިރު، އިސްކަންދަރު ސްކޫލް ހާއްސަކޮށްފައިވަނީ ސިޓީތައް ފިޔަވައި އަތޮޅުތަކުގެ ދާއިރާތަކަށެވެ. 
މީގެއިތުރުން ހުޅުމާލެ އުތުރަށް ހުޅުމާލެ ފޭސް 2 ގެ ކަމާލުދީދީ ޕްރީސްކޫލަށް ހާއްސަކޮށްފައިވާއިރު، ހުޅުމާލެ ދެކުނު ދާއިރާއަށް ހާއްސަކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލެވެ. އަދި ވިލިމާލެ ދާއިރާއަށް ހާއްސަކޮށްފައިވަނީ ވިލިމާލެ މުހިއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ