އެމެރިކާއިން ބޭނުންވަނީ ހޯރްމޫޒް ކަނޑުއޮޅި އާންމުކޮށް ހުޅުވާލާފައިވާކަން އީރާނުން އިއުލާންކުރަން

ހޮނިހިރު ދުވަހު އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތެރެއިން، ހޯރްމޫޒް ކަނޑުއޮޅި އާންމުކޮށް ހުޅުވާލާފައިވާކަން އިއުލާންކުރުމަށާއި، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް ރަސްމީކޮށް އިގުރާރުވުމަށް އެމެރިކާއިން އީރާނަށް ގޮވާލައިފި އެވެ.
އެމެރިކާގެ މީޑިއާތަކުން ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އުޅަނދުފަހަރަށް ބަޑިޖަހައި ހަމަލާދެވުނީ އޮޅުމަކުން ކަމަށް އީރާނުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުންގެ ގާތުގައި ސިއްރުން އެއްބަސްވެފަ އެވެ. އީރާނުން ބުނެފައިވަނީ އެ ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ އެ ގައުމުގެ އެތެރޭގައި އުޅޭ ހަރުކަށި ގްރޫޕަކުން ކަމަށެވެ.
MGH Group of Companies
MGH Group of Companies
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
މި ހަފުތާގައި ހޯރްމޫޒް ކަނޑުއޮޅީގައި ހިނގި ކުރިމަތިލުންތަކަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވައިޓް ހައުސްއިން ދެކުނު ނަމަވެސް، ދެ ފަރާތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް އީރާނުން "ވައުދު ފުއްދާފައިވާ" ކަމަށެވެ. އަދި އެ އެއްބަސްވުމާ ހިލާފުވީ އެމެރިކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މިދިޔަ ޖޫން މަހު އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާގެ ސީނިއާ އޮފިޝަލުން ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދީގެން މަޝްވަރާތަކަށް ހުރަސްއަޅަން މަސައްކަތް ކުރަނީ އީރާނުގެ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތެހެރާނުން ބުނެފައިވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު އެ ޓީވީ ނެޓްވޯކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީރާނުން އަލުން މަޝްވަރާގެ މޭޒަށް އައިސް، އެއީ އެމީހުންނަށް ހެދުނު ގޯހެއް ކަމަށް ގަބޫލުކޮށް، ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހުގެ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ތިއްބަވާނީ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިތުރުން މެދުއިރުމަތީގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ކަމަށް ބެލެވެ އެވެ.
މި މަޝްވަރާތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ