ނައިސާ ފިލްމީ ދާއިރާއަށް ނެރެން ކަރަން ވަރަށް ބޮޑަށް ބޭނުންވޭ: ކާޖޮލް
ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދޮށީ ދަރިފުޅު ނައިސާ ދޭވްގަން ފިލްމު އިންޑަސްޓްރީއަށް ނެރުމުގެ ޝައުގުވެރިކަން އެކި ފަހަރު މަތިން ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ފާޅުކޮށްފައިވާ ކަމަށް ބަތަލާ ބުނެފިއެވެ. ދާދިފަހުން ނައިސާ ވަނީ ސްވިޒަލޭންޑްގެ ގްލިއަން އިންސްޓިޓިއުޓް އޮފް ހައިޔަ އެޑިއުކޭޝަންއިން މަތީ ތައުލީމު ހާސިލުކޮށް ގްރެޖުއޭޓް ވެސް ވެފައެވެ. ނައިސާ މަތީ ތައުލީމު ހާސިލުކޮށްފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ އަދި ލަގްޒަރީ ބްރޭންޑް ސްޓްރެޓެޖީއިންނެވެ. މަތީ ތައުލީމު ހާސިލު ކުރުމަށްފަހު ނައިސާ ފިލްމީ ދާއިރާއަށް ނުކުންނާނެ ކަމަށް އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ކާޖޮލް އާއި އަޖޭގެ ސަޕޯޓަރުން ވެސް އުއްމީދުކުރިއެވެ. ބަތަލާ ކާޖޮލް ދަރިފުޅު ނައިސާއާ އެކު، އަދި ޕްރޮޑިއުސަރު ކަރަން ޖޯަހރު--ފޮޓޯ/ފިލްމުފެއަ ނަމަވެސް އެކިފަހަރު މަތިން އެކަމާ ގުޅޭގޮތުން މީޑިއާއިން ކާޖޮލް އަދި އަޖޭއާ ސުވާލު ކުރުމުން ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނައިސާ އެއްވެސް ވަރަކަށް ނުގެންގުޅޭ ކަމަށެވެ. ބަތަލާ ކާޖޮލް ދާދިފަހުން ބައިވެރިވި ޝުބާންކަރު މިޝްރާގެ ޔޫޓިއުބް ޗެނަލްއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ނިސާ ފިލްމު އިންޑަސްޓްރީއަށް ތައާރަފް ކުރުމަކީ ގާތް އެކުވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަރަށް ބޭނުން ކަމެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން އެކި ފަހަރު މަތިން ކަރަން ކާޖޮލްއަށް ފޯނުކޮށް އެ ވާހަކަ ދައްކާފައިވާ ކަމަށާއި ނައިސާ ފިލްމު އިންޑަސްޓްރީއާ ގުޅެން ތައްޔާރުތޯ ސުވާލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އޭގެ ޖަވާބުގައި ކާޖޮލް އަނެއްކާ ވެސް ބުނެފައި ވަނީ ހަމަ ޔަގީނުން ވެސް ނައިސާ ފިލްމު އިންޑަސްޓްރީއަށް އަދި ނުނިކުންނާނެ ކަމަށެވެ. ކަރަންއަށް ވެސް ދިން ޖަވާބަކީ އެއީ ކަމަށާއި ނައިސާ މުސްތަގްބަލްގައި ކުރިއަށްދާނެ ދާއިރާއެއް އަދި ނުނިންމާ ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ ދާއިރާއިން ވެސް އަދި އެހެން ދާއިރާއަކުން ވެސް ނައިސާ ކުރިއަށްދާން ބޭނުންވާ ކަމަށް ބުނާ ދުވަހަކީ މައިންބަފައިންގެ ހައިސިއްޔަތުން ކާޖޮލް އާއި އަޖޭގެ ސަތޭކަ ޕަސެންޓް ސަޕޯޓު އެކަމަށް ދޭނެ ދުވަހެއް ކަމަށާއި ދަރިފުޅު އެކަމާ ގުޅޭގޮތުން ކާޖޮލްގެ ދެމަފިރިންނާ މަޝްވަރާކޮށްފައި ނުވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ދޮށީ ދަރިފުޅު ނައިސާ ފިލްމީ ދާއިރާއަށް ޝައުގުވެރިކަމެއް ނެތް ނަމަވެސް ދާދިފަހުން އަޖޭ އާއި ކާޖޮލްގެ ހަގު ދަރިފުޅު ޔުގް ވަނީ ހޮލީވުޑް ފިލްމު "ކަރާޓޭ ކިޑް ލެޖެންޑްސް"ގެ ހިންދީ ފިލްމަށް އަޑު އަޅައިދީފައެވެ. މިއީ އުމުރުން 15 އަހަރުގެ ޔުގް ފިލްމު އިންޑަސްޓްރީއަށް ޝައުގުހުރިކަން ދޭހަކޮށްދޭ ކަމެއް ކަމުން މުސްތަގްބަލްގައި މައިންބަފައިންގެ ފިޔަވަޅުތައް މަތިން ޔުގް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ