ފްލަމް ބަލިކޮށް ތާވަލްގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި ފްލަމް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.
ފްލަމްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 58 ވަނަ މިނެޓް ތެރޭގައި ޓްރޮސާޑެވެ. މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް އާސެނަލުންނެވެ. އާސެނަލަށް ނަތީޖާ ތަފާތު ނުކުރެވުނު ނަމަވެސް އެޓީމްގެ ކުޅުންތެރިން ވަނީ ފްލަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ރޭގެ މެޗަށް އާސެނަލުން ނިކުތީ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. މީގެ ތެރޭގައި ކެޕްޓަން އޮޑެގާޑް ހިމެނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާ ވާދަވެރި މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ. މެޗްގައި ސިޓީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ހާލާންޑެވެ. ޕްރިމިއާ ލީގްގައި ރޭ ކުޅުނު އެހެނިހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، ޗެލްސީ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކުރިއިރު ނިއުކާސަލް އާއި ބްރައިޓަން ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަންއެވެ.
ރޭގެ މެޗްތަކަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތް:
އިނގިރެސި ޕްރިމިއާ ލީގްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަކޮށްލެވޭ މެޗަކީ ލިވަޕޫލާ، މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. މީގެ އިތުރުން ސްޕާސް އާއި އެސްޓަން ވިލާ މެޗަކީވެސް ސްޕާސް އަށް ވަރަށް މުހިންމު މެޗަކަށްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ