ސީޒަނުގައި މިފަހުން އާސެނަލް ބަލިނުވެ ދަމަހައްޓަމުން އަންނަ އައުން ރޭ ނިމުމަކަށް އަތުވެއްޖެއެވެ.
އާސެނަލް ވަނީ މި ސީޒަނުގައި އެންމެފަހުން އެޓީމް ކުޅުނު 10 މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފައެވެ. ނަމަވެސް ރޭ ސަންޑަލޭންޑުން ވަނީ އެކަން ނިމުމަކަށް ގެނެސްފައެވެ. ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑާއި އާސެނަލް ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.
ސަންޑަލޭންޑުގެ ދަނޑުގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީވެސް އެޓީމުންނެވެ. އެއީ މެޗްގެ 36 ވަނަ މިނެޓް ތެރޭގައި ބަލާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސަންޑަލޭންޑް ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފްގެ ކުޅުން ފަށައި މެޗްގެ 54 ވަނަ މިނެޓް ތެރޭގައި އާސެނަލްގެ ބުކާޔޯ ސާކާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗްގެ 74 ވަނަ މިނެޓް ތެރޭގައި ލިއަންދްރޯ ޓްރޮސާޑް ވަނީ މެޗުން ފުރަތަމަ ފަހަރަށް އާސެނަލަށް ލީޑް ނަގައިދީފައެވެ.
އާސެނަލްގެ ސާކާ ލަނޑެއް ޖެހުމަށްފަހު... ފޮޓޯ: އާސެނަލް
ނަމަވެސް މި ނަތީޖާގައި މާ ގިނަ ވަގުތަކަށް އާސެނަލަކަށް ނޯވެވުނެވެ. މެޗް ނިމުމުގެ ކުރިން އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ސަންޑަލޭންޑްގެ ބްރޮބޭ ވަނީ ލަނޑެއް ޖަހައި މެޗުން މޮޅުވުމަށް އާސެނަލުން ކުރަމުން އައި އުއްމީދުތައް ގެއްލުވާލާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު އެހެނިހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، މެންޗެސްޓަރ ޔުނައިޓެޑާ ސްޕާސް ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެވަޓަން އާ ފްލަމް ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކުރިއިރު، ވެސްޓްހޭމްއާ ބާންލީ ބައްދަލުކުރިމެޗް 3-2 ކުން ކާމިޔާބުކުރީ ވެސްޓްހޭމް ޔުނައިޓެޑެވެ. އަދި ޗެލްސީ އާ ވުލްވްސް ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ.
މެޗަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އަދިވެސް ތާވަލްގެ އެއްވަނާގައި އުޅެނީ އާސެނަލެވެ.
ޕްރިމިއާ ލީގް ތާވަލް
ޕްރިމިއާ ލީގްގައި މިރޭ އެންމެ ފޯރިގަދަވާނީ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މިމެޗް ކުޅޭނީ ސިޓީގެ ދަނޑުގައި 21:30 ގައެވެ.
ސަންޑަލޭންޑުން އާސެނަލް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ