މާލޭގައި ވައްކަން އިތުރުވެއްޖެ، މިދިޔަ މަހު 112 މައްސަލަ!

ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ހުސްވި އޮކްޓޯބަރު މަހު މާލެގައި ވައްކަން އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތެފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު ވަނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި އޮކްޓޯބަރު މަހު ފުލުހުން ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން އޮކްޓޯބަރު މަހު ވައްކަމުގެ 112 މައްސަލަ ހުށަހަޅާފައިވާއިރު ސެޕްޓެމްބަރު މަހު ހުށަހެޅީ ވައްކަމުގެ 71 މައްސަލައެކެވެ. އެހެންކަމުން ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އެއީ 41 މައްސަލައިގެ އިތުރުވުމެކެވެ.
ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޯބަރު މަހު ހިނގި އެކްސިޑެންޓުތައް ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު އެކްސިޑެންޓުގެ 10 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ހުސްވި މަހު އެ އަދަދު ވަނީ 14 އަށް އިތުރު ވެފައެވެ.
އަދި ފޭރުމުގެ 7 މައްސަލައެއް ހުށަހަޅާފައިވާއިރު މާރާމާރީގެ 18 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ.
ހުސްވި މަހު ވަގަށް ނެގި 110 ސައިކަލު ފުލުހުން ހޯދާފައިވާއިރު އޭގެ ޖުމްލަ އަގު 4.8 މިލިއަން ރުފިޔާއަށްވުރެ ގިނައެވެ. މީގެ އިތުރުން ވެސް ފުލުހުން ރިކަވާ ކުރި އިތުރު ތަކެތީގެ ތެރޭގައި:
ހަމަ އެހެންމެ ވެހިކަލް ޗެކް ޕޮއިންޓްތަކުން 75 ވެހިކަލް ފާސްކޮށްފައިވާއިރު ފައި މަގުގައި މާލޭގެ އެކި ސަރަހައްދުތައް ވެސް ވަނީ ޕެޓްރޯލްކޮށްފައެވެ. އަދި 4،633 މީހުން ހުއްޓުވާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ މީގެ ކުރިން ވެސް ފާހަގަ ކޮށްލެވޭ މައްސަލަތަކެކެވެ. އޭގެ ތެރޭގައި މީސް މީޑިއާގެ އެކި ވަސީލަތްތަކުގެ ޒަރިއްޔާއިން ބޮޑެތި ސްކޭމްތަކުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ