އިގްތިސާދީ ކުރިއެރުން ހޯދުމަށްޓަކައި ރާއްޖެއަކީ ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ އައްޑު އަތޮޅު ގަމުގައި ސިފައިންގެ ފުރަތަމަ އެއާ ސްޓޭޝަން މިއަދު އިފްތިތާހު ކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ދިވެހި މިނިވަންކަން ހިމާޔަތްކުރުމަށް މި ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށާއި އެމްއެންޑީއެފްގެ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރި މަސައްކަތްތަކުގެ ގޮތުގައި ރައީސް ވިދާޅުވި ކަންތައްތަކަކީ:
އެއާކޯ އުފައްދައި، ޒަމާނީ ވަސީލަތްތައް ހޯދުން
މިއަދު ހުޅުވި އެއާ ސްޓޭޝަނަކީ މުޅި ގައުމުގެ ވައިގެ މަގުން ބެލެހެއްޓުމުގައި ލިބުނު ބޮޑު ކުރިއެރުމެއް
އުތުރުގައި (ށ. ފުނަދޫގައި) ވެސް މިފަދަ މަރުކަޒެއް ހަދާ ނިމޭނެ
ކޯސްޓް ގާޑުގެ ފްލީޓު ދެ ގުނަ ކުރުން؛ އެ މަސައްކަތް ވަރަށް ކާމިޔާބު
މެރިން ކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް
ސިފައިންގެ އިންސާނީ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން؛ އޭގެ ބައެއް ކަންކަން އަންނަ އަހަރަށް ބަޖެޓުކޮށްފައިވާނެ
"އިރާދަކުރެއްވިއްޔާ މީގެ ކޮންމެ ކަމަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް، ދިވެހި ގައުމަށް ނުހަނު ފައިދާ ވާނެ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން މި ގައުމަކީ 'ރިޒިލިއެންޓް'، ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ވާސިލްވެގެން ދިއުމުގައި ވެސް ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ގައުމު އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމުގައި އަޅުގަނޑު ދެކެން."
ރައީސް ވިދާޅުވި ގޮތުގައި ގައުމަށް އިންވެސްޓްމަންޓު ވެސް ލިބޭނީ، އިންވެސްޓަރުންނަށް އެ ގައުމަކީ ރައްކާތެރި ތަނެއްކަން ގަބޫލުކުރެވިގެން ކަމަށެވެ. އަދި ކުރިއަރާފައިވާ އަރަބި، އިސްލާމީ ގައުމުތަކުން ވެސް ތަރައްގީ ހާސިލުކުރީ މި ގޮތަށް ކަންކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ އެއާ ކޯ އިފްތިތާހުކުރީ މިދިޔަ އަހަރުގެ 15 މާޗުގަ އެވެ. އެއާ އެކު، ރާއްޖެއަށް އަލަށް ގެނެސްފައިވާ ޑްރޯންތައް ވެސް ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވެ އެވެ.
އެ ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް 3 ނޮވެމްބަރުގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންގަވާފަ އެވެ.
އެ ސްޓޭޝަނުން:
ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނެ
ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޮޕަރޭޝަންތައް ހިންގާނެ
ރެ އާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއް ނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބަލަހައްޓާނެ
އިގްތިސާދީ ކުރިއެރުން ހޯދަން ރާއްޖެ އަސްކަރީ ބާރަކަށް ވުން ލާޒިމް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ