އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއަރ ކަސްޓަމަރ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވާރލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއަހި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.
މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރުކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެ އެވެ.
މި ނިޒާމުން ލިބޭ ފަސޭހަތަކުގެ ތެރޭގައި:
• ފާސްޓް އޮންބޯޑިންގ: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން
• އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވެ އެވެ.
• ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ.
• ފަސޭހަ ވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން
• އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ހަރުދަނާކުރުންއޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވެއެވެ.
• ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުން
• އޭ.އައި އޯ.ސީ.އާރު ބޭނުންކޮށްގެންމައުލޫމާތުއެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުން•އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް.
• ފޭސް ޓު އައިޑީމެޗުކުރުންއާއި ޑޭޓާބޭސް ޗެކްކުރުން.
•ކޮންފިޑެންސް ތްރެޝްހޯލްޑްއެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން: 10 ސިކުންތުގެ ތެރޭގައި ނިންމާލެވޭ މި ޕްރޮސެސް އާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕަރލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސް އެއް ލިބިގެންދާނެއެވެ.
"ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލެވެ. ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން." އުރީދޫގެ ސީއީއޯ އަދި އެމްޑީ، ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫން އޮޓޯއިން ސިމް އެކްޓިވޭޓްކުރާ ނިޒާމު، މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ