ފަޔާޒު ލިއުއްވި ފޮތް، 'ދިރާސާކުރާނެ ފަސޭހަ ގޮތްތައް' ނެރެފި

ވިލާ ކޮލެޖުގެ ދާރިސެއް ކަމުގައިވާ އަހުމަދު ފަޔާޒު ހަސަން ލިޔުއްވާފައިވާ
ދިރާސާކުރާނެ 'ފަސޭހަ ގޮތްތައް' ވިލާ ކޮލެޖުން އިއްޔެ ނެރެފި އެވެ.
ވީކިހިނެއް؟ - ވިލާ ކޮލެޖުގައި
ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ
ނަޖީބާއި ފޮތުގެ މުސައްނިފް އަހުމަދު ފަޔާޒު ހަސަން އެވެ.
ތަފްސީލް - ވިލާ ކޮލެޖުން ބުނި ގޮތުގައި 208 ސޮފުހާގެ އެ ފޮތް
އެކުލެވިގެންވަނީ 13 ޗެޕްޓަރުގެ
މައްޗަށެވެ. ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް އެ ފޮތުގައި
ހިމަނާފައިވެ އެވެ.
ފަޔާޒު ލިއުއްވި އޭނާގެ ނުވަ ވަނަ ފޮތުގެ އަގަކީ 175ރ. އެވެ. ފޮތް ލިބެން ހުންނާނީ ވިލާ ކޮލެޖުންނެވެ.
އެ ކޮލެޖުން އިތުރަށް ބުނި ގޮތުގައި:
އެ ފޮތް އަމާޒުކޮށްފައި ވަނީ މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންނާއި ޔުނިވަސިޓީތަކާއި ކޮލެޖުތަތަކުގައި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ އުސްތާޒުންނަށް
އުނގަންނައިދިނުމުގެ ރޮނގުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ އިލްމީ ފޮތެއް އަދި ދިރާސާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެ ފޮތް ވެގެން ދާނީ އެ މީހުންނަށް މަގު ދައްކާ އާރުކާޓީއަކަށް
ފަޔާޒުގެ ލިޔުމެއް ފުރަތަމަ ޝާއިއު ކުރީ 1984 ވަނަ އަހަރު ހަވީރު ނޫހުގަ އެވެ.
ފަޔާޒުގެ ފުރަތަމަ ފޮތް 'ވާލްޑް ކަޕް އިޓަލީ 1990' ޝާއިއު ކުރީ 1990 ވަނަ
އަހަރު އެވެ.
ފަޔާޒު މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެހެން
ދަރިވަރުންނާ އެކު ނޫސް މަޖައްލާ ނެރުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ