ކޮންމެ ދުވަހަކު އަސްތަޣްފާރުކުރުމުން ކުރާނެ ބޮޑު ފައިދާ ގިނަ ބައަކަށް ނުވެސް ވިސްނޭ!

ތިބާއަށް ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައި އޮތްނަމަވެސް އެކަންކަމުގެ ހަނދާން އައުކޮށް އެކަންކަމުގެ ވާހަކަދައްކައި މާޔޫސްނުވާށެވެ! އެއީ ތިބާގެ މާޒީއެވެ. ފަސްއެނބުރި މާޒީއަށް ބަލާ މީހަކަށް ކުރިއަކަށް ނުދެވޭނެއެވެ!  
ދެން އޮތީ ފާފަ ފުއްސަވައިދެއްވެވުމެވެ. ކިތަންމެ ބޮޑެތި އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެކަން އެނިމުނީއެވެ. ހަމައެންމެ ފަހަރަކު ތައުބާވިނަމަވެސް ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ.  
ދެން އޮތީ ގިނަ ބައަކަށް އެންމެ ބޮޑަށް އޮޅުން އަރާ މައްސަލައެވެ. އެއީ ކޮންމެ ދުވަހަކު އަސްތަޣްފާރުކުރަންވީ، ފާފަފުއްސަވައި ދެއްވެވުމަށް ތަކުރާރުކޮށް އެދެންޖެހޭ ސަބަބެވެ. އެއީ އެއްވެސް ޙާލެއްގައި ތިބާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ނުދެއްވަވާތީއެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލުމަށްޓަކައެވެ.  
ދެން އޮތީ ތިބާއަށް ފާފަކުރެވިފައިވާތީ މީހުން ކުރާ މަލާމާތާއި ފުރައްސާރައެވެ. އެއީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެކަމުން ތިބާއަށް އިތުރުވަމުން ދާނީ ޘަވާބެވެ. އެހެނީ އެއްވެސް މީހަކަށް ކުރެވިފައިވާ ފާފައަކާއި އެހެން މީހަކާއިއ ެއްވެސް ގުޅުމެއް ނެތެވެ. އެކަންވަނީ ފާފަކުރެވުނު މީހާއާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. ވީމާ އެއީ އެހެން މީހަކު ބެހެންޖެހޭ ކަމެއް ނޫނެވެ.  
މިހައި ތަފްޞީލުކޮށް މިހައި ގިނައިން މިކަންކަން ކިޔައިދޭއިރުވެސް އޮޅުން ނުފިލާތީ މި ކަންކަމުގައި ކޮންމެ ދުވަހަކުވެސް މީހުން ސުވާލުކުރެއެވެ. ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވަވާނެތޯއެވެ؟ ކޮންމެ ދުވަހަކުވެސް ފާފާފުއްސަވައިދެއްވެވުން އެދި ތަކުރާރުކުރަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މީހުން ފުރައްސާރަކުރާތީއެވެ. މިފަދަ ތަފާތު ސުވާލުތަކެވެ.
އެހެން މީހުން ދައްކާ ވާހަކަ އަޑުނުއަހާށެވެ! އަދި ﷲ ތަޢާލާއަށް ޔަޤީންކުރާށެވެ! އެއަށްފަހު ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައި އުޅެމުން ގެންދާށެވެ! ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ