ގާޒީ ނިހާޔަތު ސަސްޕެންޑްކޮށްފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތުގެ މައްޗަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މައްސަލަ ތަޙްޤީޤުކުރަމުންދާ ތައުދީބީ ކޮމެޓީން ކޮމިޝަންގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ގާޒީ ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 
އެ ގޮތަށް ނިންމީ ހުށަހެޅި ޝަކުވާ، ކޮމިޝަނުން ތަހުގީގު ކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ފަނޑިޔާރު ތަހުގީގަށް ދީފައިވާ ބަޔާނާއި، ޝަކުވާގެ ބާވަތަށާއި، މިހާތަނަށް ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ބުނެފައި ވަނީ  ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި ޤާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ގާޒީ ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކޮމިޝަނުން ނިންމީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ