ޝަރުއީ ދާއިރާ ކުރިއަރުވައި އެއްބާރުލުން ދިނުމަށް ސައުދީ އަރަބިއްޔާއާ އެކު ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސައުދީގެ ޖަސްޓިސް މިނިސްޓްރީ އާއި ރާއްޖޭގެ ސުޕްރީމް ކޯޓާ ދެމެދު އެމްއޯޔޫއެއްގައި މި ސޮއި ކުރީ، އެ ގައުމުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގަ އެވެ.
މިއީ ރާއްޖޭން، އަރަބި އިސްލާމީ ގައުމެއްގެ ޝަރުއީ ދާއިރާއާއެކުވި މި ފަދަ ފުރަތަމަ އެއްބަސްވުމެވެ.
މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. ސައުދީ އަރަބިއްޔާއިން ސޮއިކުރެއްވީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދު އަލް ސަމާނީ އެވެ.
ތަފްސީލް - ފަސް އަހަރުދުވަހުގެ މި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި:
ޝަރުއީ ނިޒާމުތަކާ ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން
ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުން
ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން
ދާއިރާއާ ގުޅޭ މައުލޫމާތާއި ތަޖުރިބާ އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މައުލޫމާތު ބަދަލުކުރުން
ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން
އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި ސެމިނާތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން
ޝަރުއީ ދާއިރާ ކުރިއަރުވަން ސައުދީއާ އެކު މަސައްކަތްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ