ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ޒަކާތު ފަންޑުގެ ހަރަދުގައި ބޯންމެރޯ ހެއްދުމަށް މިހާތަނަށް 12.6 މިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް 24 ފަރާތަކަށް ވަނީ ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ މުއްދަތުގެ ތެރޭގައި ޒަކާތު ފަންޑުން 12.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު 5 ފަރާތެއްގެ ބޯންމެރޯ ހެދުމަށް 5.8 މިލިއަން ރުފިޔާ ހޭދަކުރިއިރު، މިދިޔަ އަހަރު 9 ފަރާތެއްގެ ބޯންމެރޯ ހެދުމަށް ވަނީ 7.3 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 10 ފަރާތެއްގެ ބޯންމެރޯގެ ހަރަދުރަކަށް ވަނީ 1.5 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. ތަލަސީމިއާއަށް ފަރުވާކުރުން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލޭގައި ތަލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. މި ހޮސްޕިޓަލް އިމާރާތްކުުމުގެ ކުރިން ހަމަޖައްސަންޖެހޭ ކަންތައްތަކާއި އެކަމުގެ ކަންކަން ކުރިއަށްދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ