މީދޫގެ 100 އިންސައްތަ މީހުން ވޯޓު ދިނަަސް، ނަތީޖާއަކަށް ބަދަލެއް ނާންނާނެ: ޢަބްދުއްރަހްމާން

މީދޫގެ 100 އިންސައްތަ މީހުން ވޯޓު ދިނަަސް، މިހާރު އޮތް ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން މިއަދު ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙްމާން މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ، އިއްޔެގެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަދަދު ނިސްބަތުން ދަށް ކަމަށް ބުނެ އެ ނަތީޖާގެ ސައްހަކަމާ ދޭތެރޭ ބައެއް އާންމުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދަނިކޮށެވެ. https://x.com/MpAhdhu/status/1982315275858158071 ޢަބްދުއްރަޙްމާން ވިދާޅުވީ، މާލޭ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 54680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން ކަމަށެވެ. އެހެންވެ، ވޯޓުލުމުގެ އާބާދީގެ 13 ޕަސެންޓުން މޭޔަރުކަމަށް އާޒިމް އިންތިހާބުވިއިރު، އެ އިންތިހާބުގައި ވޯޓުލީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 31 ޕަސެންޓު މީހުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ހުޅުދޫގައި ކައުންސިލަރަކު އައްޔަންވީ ރައްޔިތުން އިންތިހާބެއްގައި ބައިވެރި ވެސްނުވެ ކަމުގައި ޢަބްދުއްރަޙްމާން ވިދާޅުވެފައިވެއެވެ. ޢަބްދުއްރަޙްމާން ވިދާޅުވީ މި ރެފަރަންޑަމް ވޯޓުގައި އުންމީދު ކުރިވަރަށް މީހުން ވޯޓް ދިން ކަމަށާއި ވޯޓުލީ ނިސްބަތް ދަށްވީ ރިސޯޓް އަދި އަތޮޅުތެރޭގެ ރަށްތަކުގައި ތިބި ދާއިރާ ރައްޔިތުންނަށް ވޯޓު ނުލެވުމާއި، ރަޖިސްޓްރީގެ މައްސަލަތަކާއި، ދަތުރުފަތުރު ނެތުން ފަދަ އެތައް ދަތިކަމެއް ދިމާވެގެން ކަމަށެވެ. އެހެންވިޔަސް، އައްޑޫ މީދޫގެ 100 ޕަސެންޓް ރައްޔިތުން ވޯޓު ދިނަސް މީދޫގެ ޖުމްލަ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ޢަބްދުއްރަޙްމާން ވަނީ ދެއްވާފައެވެ. އައްޑޫ ސިޓީ ފޭދޫއާއި، މީދޫއާއި ހުޅުމީދޫގައި ވަކި ކައުންސިލުތައް ގާއިމުކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި މީދޫގެ 2،347 މީހުން ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް އިިއްޔެގެ ވޯޓުގައި ބައިވެރިވީ އައްޑޫއަށް ނިސްބަތްވާ ޖުމްލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. މި ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން ވަނީ ވޯޓު ދީފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ