ކިއޭސާ އަށް ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ޖާގައެއް ނެތް ކިއޭސާ އަށް ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ޖާގައެއް ނެތް

ލިވަޕޫލް (ސެޕްޓެމްބަރު 4) - ލިވަޕޫލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރަށް ރަޖިސްޓްރީކުރި 22 ކުޅުންތެރިންގެ ސްކޮޑުން އިޓަލީގެ ފެޑެރީކޯ ކިއޭސާ ބާކީވެއްޖެ އެވެ.
މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން، ކިއޭސާ، 28، ގަންނަން ލިވަޕޫލުން ޔުވެންޓަސް އަށް ފުރަތަމަ ފީގެ ގޮތުގައި، ދެއްކީ 13 މިލިއަން ޑޮލަރެވެ. އިތުރު، 2.5 މިިލިއަން ޑޮލަރު ދައްކާނީ ލިވަޕޫލްގައި ހާސިލްކުރާ ކަންތައްތަކަށް ބަލައިފަ އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން، ކިއޭސާ، އެނބުރި އިޓާލިއަން ލީގުގެ ކްލަބަކަށް ދާ ވާހަކަ މީޑިއާގައި ދެކެވުނަސް، އޭނާ ނިންމީ ލިވަޕޫލްގައި މަޑުކުރާށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި، ބެންޗުން އަރައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހި ކިއޭސާ، ޗެމްޕިއަންސް ލީގު ސްކޮޑުގެ އޭ ލިސްޓުގައި ނުހިމެނީ، ސީނިއާ ހުރިހާ ކުޅުންތެރިންނާއި ގަވާއިދުގައި ބުނާ، ހޯމްގްރައުން ކުޅުންތެރިންނަށް ޖާގަ ހެދުމުގެ ބޭނުމުގަ އެވެ.
އެ ގޮތުން، ކިއޭސާގެ ބަދަލުގައި، ހޯމްގްރައުން ޖާގައެއްގައި، ލިވަޕޫލުން ވަނީ 17 އަހަރުގެ ރިއޯ އެންގުމޯހާ ހިމަނައިފަ އެވެ. އޭނާ 16 އަހަރުގައި ވަނީ، މި ފަހަރު ނިއުކާސަލް ދަނޑުގައި ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ