ހައިކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޖަމީލްއަށް ހައިކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ޖަމީލްއަށް

ދިވެހިރާއްޖޭގެ ހައިކޯޓު ހިންގުން ވަގުތީގޮތުން އަބްދުالله ޖަމީލް މޫސާއާ މިއަދު ހަވާލުކޮށްފި އެވެ.
ހައިކޯޓުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޓު ހިންގުމުގެ ޒިންމާ ވަގުތީ ގޮތުން ޖަމީލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިއަދާ ހަމައަށް ހައިކޯޓު ވަގުތީ ގޮތުން ހިންގަމުން ގެންދިޔައީ އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ނަމަވެސް އެ ޒިންމާ ޖަމީލްއާ ހަވާލުކުރީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ރަސްމީކޮށް ބޭފުޅަކު ހަމަޖައްސާފައި ނުވާއިރު، އެ މަގާމަށް ފައިސަލް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އޮތީ އޭޕްރީލް 17، 2025 ގައި ނިންމައިފަ އެވެ.
ހައިކޯޓު ހިންގުން ވަގުތީ ގޮތުން މިއަަދު ހަވާލުކުރި ޖަމީލްއަކީ މީގެ ކުރިން ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުކަމާއި ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޖަމީލް ކުރެއްވީ އޯގަސްޓު 3، 2025 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ