ޝައްކެއްވެސް ނެތް ގޮތުގައި ހުކުރު ދުވަހަކީ އެ ދުވަހެއްގެ މައްޗަށް އިރުއެރި ހުރިހާ ދުވަސްތަކެއްގެ ތެރެއިން އެންމެ ހެޔޮވެގެންވާ އެންމެ މާތް އަދި ނިޢުމަތްތަކުން ފުރިގެންވާ ދުވަހެވެ.
ހުކުރު ދުވަހަކީ އިސްލާމީ އުއްމަތަށް ނިޢުމަތުން ފުރިގެންވާ ދުވަހެކަށް ވީއިރު، އެއްބަޔަކު މި ނިޢުމަތުގެ ބަރަކާތް ލިބިގަންނައިރު، އަނެއްބަޔަކު ތިބެނީ މި ދުވަހާއި މެދު ޣާފިލުވެފަ އެވެ.
ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެވެ. އެއީ ކޮންމެ ހަފްތާއެއްގައި އަންނަ ޢީދެކެވެ. އެ ދުވަހު މުސްލިމުން އައު ހެދުން ލާ މީރުވަސް ދުވާ ހުވަނދު ލައި ޒީނަތްތެރިވެ އެވެ. ހިނާ ޠާހިރުވެ އެވެ. ހުކުރު ދުވަހުގެ މާތްކަން ފެށެނީ އެ ދުވަހުގެ ފަތިސްނަމާދުންނެވެ. عمرގެފާނުންގެ ދަރިކަލުން عبداللهގެ ކިބައިން ރިވާވެގެން ވާ ޙަދީޘްފުޅެއްގައި ވެ އެވެ. “إنَّ أفضلَ الصَّلواتِ عندَ اللَّهِ: صلاةُ الصُّبحِ يومَ الجمعةِ في جَماعةٍ” (البيهقي) މާނައީ: “ހަމަކަށަވަރުން، ﷲ ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީ ޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދެވެ.” އޭގެ މާނައަކީ ފަރުޟު ފަސްނަމާދުގެ ތެރެއިން ދަރުމައާއި އަޖުރު އެންމެ ގިނަވާނީ ޖަމާޢަތުގައިކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދުގަ އެވެ.
މި ދުވަހުގެ އެންމެ މުޙިއްމު ކަމަކީ ހުކުރު ނަމާދެވެ. ރަށުގައި ޤާއިމުވެ ހުންނަ މީހާއަށް އެ ދުވަހުގެ މެންދުރުނަމާދުގެ ބަދަލުގައި އޮތީ ހުކުރު ނަމާދު ކުރުމެވެ. ހުކުރު ނަމާދަކީ 2 ހުޠުބާއާއި ދެ ރަކުޢަތުގެ މައްޗަށް އެކުލެވޭ ނަމާދެކެވެ. ހުކުރު ދުވަހުގެ ޚުޠުބާ އަޑުއަހަންވާނެ އެވެ. ޙުތުބާ ކިޔަން އިމާމު މިންބަރަށް އެރުއްވުމުގެ ފަހުން މިސްކިތައް ދާ މީހުން ނަމާދުގެ ހާޒިރީގައި ނުހިމެނި ދާނެކަމުގެ ބިރު އޮވެ އެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: ޖުނުބުގެ ހަދަސުން އެރެގަންނަ ފަދައިން ހުކުރު ދުވަހު ހިނައިގަނެ. ފުރަތަމަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ޖަމަލެއް ޤުރުބާންކުރި ފަދަ އެވެ. އަދި ދެވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ އެ މީހަކު ގެރިއެއް ޤުރުބާންކުރި ފަދަ އެވެ. އަދި ތިންވަނަ ސާޢަތުގައި ހުކުރަށް ގޮސްފިނަމަ ދަޅު ފެޅި ކަންބަޅިއެއް ޤުރުބާންކުރި ފަދަ އެވެ. އަދި ހަތަރުވަނަ ސާޢަތުގައި ގޮސްފިނަމަ ކުކުޅެއް ޤުރުބާންކުރި ފަދަ އެވެ. އަދި ފަސްވަނަ ސާޢަތުގައި ގޮސްފިނަމަ ބިހެއް ޤުރުބާނަށް ހުށައެޅި ފަދަ އެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތުން) އެބޭކަލުންގެ ފަތްތައް ލައްޕަވާލައްވައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެ އެވެ.”
މިސްކިތަށް ވަންނަ ގޮތަށް އިށީނުމަކީ ވެސް މަނާ ކަމެކެވެ. މިސްކިތު ސުންނަތް ކަމުގައިވާ ދެ ރަކުޢަތް ކޮށްފައި މެނުވީ ނުއިށިންނާށެވެ. އަދި މިސްކިތުގެ ސަފުތައް ހުރަސްކޮށް ކުރިޔަށް ދިއުމުގައި މީސްތަކުންގެ ކޮނޑުތައް މަތިން ހުރަސް ކުރުމަކީ ނަހީ ކުރައްވާފައިވާ ކަމެކެވެ. މިސްކިތަށް ކުރިން އަންނަ މީހުން މިސްކިތުގެ ފަހަތުގައި ނުތިބެ ކުރިޔަށް ދިޔުމަށް އާދަ ކުރާނަމަ މި މައްސަލަ ދިމާނުވާނެ އެވެ.
ހުކުރު ދުވަހަކީ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރަންވީ ދުވަހެވެ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آل مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد.
ހުކުރު ދުވަހުގެ މާތްކަން ލިބިގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާންދޭވެ! އެ ދުވަހާ މެދު ޣާފުލުވާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ!
މަޢުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން
އައު ރައީސް ހުވާ ކުރެއްވުން މިއަދު ހަވީރު! ފަލަސްތީނަށް ނަޞްރަށް އެދި ދުޢާ ކުރި އިމާމަކު ސައުދީ ފުލުހުން ހައްޔަރުކޮށްފި ބީއެމްއެލް އިން މުވައްޒަފުންނަށް ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވައިފި އެމްޑީޕީ ޕީޖީ ލީޑަރަކު ހޮވުން އަންނަ ބުރާސްފަތި ދުވަހު ބާއްވަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ