ރައީސް މައުމޫން އަދި ރައީސް ޔާމީންގެ ބޮޑުދައިތަ ރަންފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޮޑުދައިތަ ގ. ކެޓޭނިޔާ އުންމުކުލްޘޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ. 
އެކަމަނާ އަވަހާރަވީ އާސާލްކަންފުޅެއްގައި އުޅުއްވުމަށްފަހު ސްރީލަންކާގެ ކޮލަންބޯގަ އެވެ. 
ރަންފުޅަކީ އިބްރާހީމް މާފަތްތަކުރުފާނު ނައިފަރު ތަންހަޅި މަރިޔަމް މަނިކެއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ.
Advertisement
ޢަބްދުލްޤައްޔޫމް ދޮންސީދީއާއި ރަންފުޅަކީ ލެއްގި ބަބުރުސާލިމުލް ޙަބްޝީގެ، ބަބުރުނައިބު ކަލޭފާނުގެ، ކަޅުޢަލިމަނިކުގެ، ޢުމަރުމަނިކު (ދޮންމަނިކު) ގެ، ދޮންތުއްތު (އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު) ބޭފުޅުންނެވެ.
ރަންފުޅު އަަވަހާރަވިއިއު އުމުރުން 96 އަހަރުކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ. 
އެހެން ނަމަވެސް، އިސްމާޢިލް ވަޙީދު (1999) ހާމަކުރައްވާ ގޮތުގައި ރަންފުޅުގެ ބައްޕާފުޅު އިބްރާހީމް މާފަތްތަކުރުފާނަށް މާފަތްކަމަށް ކޮލިލީ ޝަމްސުއްދީން ރަދުންގެ ރަސްކަމުން 27 ވަނަ އަހަރުއެވެ.
އެއީ 1347 ރަބީޢުލް އާޚިރު 6 (1928 ސެޕްޓެމްބަރ 21) ވީ ހުކުރު ދުވަހެވެ.
މާފަތްތަކުރުފާނަށް މާފަތްކަމަށް ކޮލިލެވުނުއިރު އަނބިކަނބަލުން މަރިޔަމް މަނިކެ އިންނެވީ ރަންފުޅަށް އާލާސްވެއެވެ.
މަރިޔަމްމަނިކެ ރަންފުޅައިގެން ރައްކާވީ މީލާދީން 1929 ވަނަ އަހަރުގައި ކަމަށް އިސްމާޢީލް ވަޙީދު ބަޔާންކުރައްވާފައި ވެއެވެ.
އެހެން ކަމަށް ވާނަމަ މި އަހަރަށް ރަންފުޅަށް ވާނީ 94 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ