މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށް އުސޫލަށް އިސްލާހު ގެނެސްފި

ކ. މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ، އެ ރަށު ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށް، އެ ރަށުން ގޯތި ދިނުމާ ބެހޭ އުސޫލަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.
ގޯތިތަކަށް ކުރިމަތިލުމަށް މާފުށީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާން ބާތިލުކޮށް، އެ ރަށުން ގޯތި ދިނުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސް އަލުން ކުރި އިއުލާނުގައިވާ ގޮތުން، އުފަންވީންސުރެ އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ޕޮއިންޓް އުނިވާނެ އެވެ.
އެ އުސޫލު އެންމެ ފުރަތަމަ އާންމުކުރި އިރުގައި، އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ޕޮއިންޓް އުނިވާ ގޮތަށް ކަނޑައަޅާފައެއް ނުވެ އެވެ. މި ގެނައި ބަދަލުން، މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ 30 ޕޮއިންޓް އުނިވާނެ އެވެ.
ގޯތި ދިނުމާ ބެހޭ އުސޫލަށް އިތުރު އިސްހާލެއް ވެސް ގެނެސްފައިވެ އެވެ. އެއީ، އުމުރު ފުރާގެ ބައިން ޕޮއިންޓު ދިނުމުގައި، 40 އަހަރު ފުރިފައިވާ މީހެއް ނަމަ 20 ޕޮއިންޓް ލިބުމެވެ.
އެ ރަށުގެ ހިއްކި ބިމުން ދޫކުރާ 2،000 އަކަފޫޓުގެ 308 ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ކޮންމެހެން މާފުށީ ރައްޔިތަކަށް ވާކަށް ނުޖެހެ އެވެ. އެކަމަކު ޕޮއިންޓް ދިނުމުގައި އެ ރަށުގެ ރަށްވެހިންނާއި ރަށުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެ އެވެ.
ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ މާފުއްޓަކީ މާލެއަށް ފަހު ބިމުގެ އަގު އެންމެ މަތީގައި އުޅޭ އެއް ރަށެވެ.
• ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.
• އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން.
• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން.
• އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ދޫކޮށްލައި ނުވަތަ ހިބައިން ދީފައިވާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުން.
މާފުށިން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން އިއުލާންކޮށްފި https://t.co/1KXyXmZIkR
މާފުށި ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ ކަމަށެވެ. މި މަހު 9 އިން ފެށިގެން ފޯމު ބަލައި ގަންނާނީ މާފުށި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. އަދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހު 15 ކަމަށް ވެސް ކައުންސިލްގެ އިދާރާގެ އިއުލާނުގައި ބުންޏެވެ.
މާފުށިން ގޯތި ދޫކުރަން އިއުލާންކުރި އިރުގައި، އެ ރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މި މަހު 15 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ 2021 ވަނަ އަހަރު މާފުށީ ފަޅުގެ ދެކުނު ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ