ކުނި ބިލް އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަނީ

އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ކުނި ބިލް ހިމަނަން އެންވަޔަރްމަންޓް މިނިސްޓްރީން ނިންމައިފިއެވެ.
މިގޮތަށް އެ މިނިސްޓްރީން ނިންމާފައިވަނީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ދައްކަމުން ނުދާތީއެވެ.
އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުންނެވެ.
އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ