ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒްއަށް
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާއަށް ވެރިކަން ކުރާ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ. ޝާޒްގެ އިތުރުން އެ ޕްރައިމަރީގައި އިތުރު ދެ ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ކ. މާފުށީ، ވިވިޑް، މުހައްމަދު މުސްތަފާ އާއި އެރަށު މާފަރިވާގޭ ސަލްމާން ރަޝީދެވެ. މުސްތަފާއަށް 66 ވޯޓު ލިބުނު އިރު ސަލްމާނަށް ލިބުނީ 190 ވޯޓެވެ. އަދި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒްއަށް ލިބުނީ 311 ވޯޓެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއެވެ. އެ ދާއިރާއަށް އެމްއެންޕީ އާއި އެމްޓީޑީން ވެސް ކެންޑިޑޭޓަކު ނެރެން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ