މި ޝަޢުބާން މަސް ވާނީ 30 މަހަކަށް: މައުމޫން

މި ހިނގާ ޝަޢުބާން މަސް
ވާނީ 30 ދުވަހުގެ މަހަކަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން
ވިދާޅުވީ ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށެވެ. ކަމާއިބެހޭ
ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ
އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭ ކަމަށެވެ. އަދި އެއީ ހަމައެކަނި ރާއްޖެއަކަށް ނޫން
ކަމަށާއި ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށްވެސް އިރުއޮއްސުމުގެ
ކުރިން ހަނދު އޮއްސޭނެ ކަމަށެވެ.
"ހުރިހާ އިސްލާމީ ޤައުމަކަށާއި،
އަޅުގަނޑުމެންގެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ޤައުމަކަށްވެސް އެދުވަހުގެ
އިރު ނޯއްސި ހުއްޓާ ހަނދު އޮއްސޭ" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
Advertisement
މިކަން ތަފްސީލް
ކޮށްދެއްވަމުން މައުމޫން ވިދާޅުވެފައިވަނީ މިސާލަކަށް، ރާއްޖެއަށް އެދުވަހު އިރުއޮއްސުމުގެ
9 މިނެޓު ކުރިން، ސަޢޫދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިޞްރަށް
10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކިޔާގެ އިސްތަންބޫލަށް
14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސޭ ކަމަށް
ވިދާޅުވެފައިވެއެވެ. .
"އަޅުގަނޑު ބެލި ބެލުމުން އެނގުނު
ގޮތުގައި އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ
ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށް"
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.
އެހެންކަމުން، ވިދިގެން އަންނަ
މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ
ހަމަ އެކަނި އެ ދެ ސަރަޙައްދަށް ކަމަށާއި، އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ
ޝަޢުބާން މަހުގެ 30 ވަނަ ދުވަހަށް ކަމަށާއި އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ
23 ވާ ބުރާސްފަތި ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ..
މިވާހަކަ ތަކަކީ ފަލަކީ ހިސާބުން
ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާ ގޮތް ކަމަށް މައުމޫން
ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ