ސައީދު އިމްރާނަށް: ރައްޔިތުން ވިއްކައިގެންވެސް އަމިއްލަ މަސްލަހަތު ދިފާއުކުރުން އެއީ އޮންނަގޮތްތޯ؟

ރައްޔިތުންގެ މައުލޫމާތު ވިއްކައިގެންވެސް އަމިއްލަ މަސްލަހަތު ދިފާއުކުރުން ބަލައި ނުގަނެވޭކަމަށް ވިދާޅުވެ ޕީއެންސީގައި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހޯމް މިނިސްޓަރު އިމްރާނަށް ފާޑު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު މިފަދައިން ފާޑު ވިދާޅުވެފައި މިވަނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ ދަށުން ދިވެހިންގެ ކޮމްޕިއުޓަރުތަކުގައި ހުންނަ މައުލޫމާތު ބޭރު ފަރާތްތަކާ ހިއްސާކުރެވޭ ގޮތަށް އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މެންބަރު ސައީދު ވަނީ މިނިސްޓަރު އިމްރާނަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.
އެގޮތުން ރައްޔިތުން ވިއްކައިގެންވެސް އަމިއްލަމަސްލަހަތު ދިފާޢުކުރުން އެއީ އޮއްނަގޮތްތޯ އާއި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލް ކިޔާލީންތީ ސައިދު ވަނީ ސުވާލު ކުރައްވާފައެވެ.
"މިހާރު މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވާ ބިލް ކިޔާލީންތޯ؟ ފައިދާނަގާނީ ރާއްޖެތޯ ނޫނީ އިންޑިއާތޯ؟ ސައީދު މިނިސްޓަރު އިމްރާނަށް ކުރެވި ސުވާލުގައި ވެއެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު އެގޮތަށް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމްއެވެ.
އޭގެ އިތުރުން ރާއްޖޭގައި ކޮމްޕިއުޓާ ސިސްޓަމެއްގައި ރައްކާކޮސްފައި ހުރި މައުލޫމާތު ބަލައިފާސްކުރުމަށް ނުވަތަ އެ މައުލޫމާތަށް އެކްސަސްވުމަށް ނުވަތަ ހޯދަން ނުވަތަ ހިފަހައްޓަން ނުވަތަ ހާމަކުރަން ބޭރުގެ އެޖެންސީއަކުން ނުވަތަ 24/7 ނެޓްވޯކަކުން އެދެން ޤަސްދުކުރާނަމަ އެކަމަށް އެދި ހުށަހެޅުމުގެ ކުރިން އެ މައުލޫމާތު ރައްކާތެރިކުރުމުގެ އަމުރެއް ހޯދަން ޕީޖީގެ ކިބައިން އެދެވިދާނެ ކަމަށް އިސްލާހުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ