އައްޑޫ ހިތަދޫގެ ފަތާ ޓްރެކް މޫދޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީމީހާ ދެނެގަންނަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ހިތަދޫ ފަތާ ޓްރެކް މޫދުން މަރުވެފައި އޮތް މީހަކު ފެނުނީ މިއަދު ހަވީރު 4:41 ހާއިރެވެ. މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.
އޭނާގެ ހަށިގަނޑު މިހާރު އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.
ތަފްސީލް - އެއީ ކާކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން މިރޭ ބުނީ، މައްސަލައާ ގުޅިގެން އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި:
މަރުވެފައިވަނީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ގެއްލިގެން ހޯދާ ކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައެއް ނުވޭ
"ވީމާ، މި މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުން ބުންޏެވެ.
ހިތަދޫން މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަންނަން އާންމުންގެ އެހީއަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ