އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ބައިނަލްއަގްވާމީ ދަތުރުފަތުރަށާއި ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި އެ ސަރަހައްދު އަލުން ހުޅުވޭނެ މަގުތައް ހޯދުމަށް އިނގިރޭސިވިލާތުން އިސްނަގައިގެން 35 ގައުމަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ މިއަދު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގެ ބޭނުމަކީ ކަނޑުމަތީގެ މިނިވަން ދަތުރުފަތުރު އިއާދަކުރުމަށާއި އުޅަނދުފަހަރާއި ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ހާރިޖީ އަދި ސިޔާސީ ފިޔަވަޅުތަކާ ބެހޭ ގޮތުން ދިރާސާކުރުމެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި މުހިންމު މަގު ބަންދުވުމުގެ ސަބަބުން، މިހާރު ވެސް ގާތްގަނޑަކަށް 1،000އަށް ވުރެ ގިނަ އުޅަނދު ވަނީ ދަތުރު ނުކުރެވި ހުއްޓިފަ އެވެ. އަދި މި ސަރަހައްދުގެ ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ސްޓާމާ ވިދާޅުވީ، ކަނޑުއޮޅީގެ މަސައްކަތްތައް އަލުން އާދައިގެ ހާލަތަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، މިކަމަށްޓަކައި އަސްކަރީ ބާރާއި ހާރިޖީ ގުޅުންތައް ބޭނުންކޮށްގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މި މަޝްވަރާތަކުގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކާއި ސަރަހައްދީ ބައިވެރިން ބައިވެރިވާއިރު، އިނގިރޭސި އަސްކަރީ މާހިރުން އަންނަނީ އެ ސަރަހައްދުން ރައްކާތެރިކަމާ އެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް މަސައްކަތް ކުރަމުންނެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އިނގިރޭސިވިލާތުން 35 ގައުމަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ