ވޯޓުލާ މަރުކަޒުތަކަށް ސާމާނު ފޮނުވަން ފަށައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި އެވެ.އެ ކޮމިޝަނުން ބުނީ، އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމް ކުރަން ނިންމާފައިވާ ކަަމަށެވެ. އެ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވަން ފަށާފައިވާއިރު، ހއ، ރ، ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ މަރުކަޒުތަކަށް ވައިގެ މަގުން މިއަދު ތަކެތި ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.އީސީން އިތުރަށް ބުނީ ކ. އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އާއި 31 ގައި ކަމަށެވެ.އިންތިހާބުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަނީ ފުލުހުންނާ ގުޅިގެންނެވެ.ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ