ހަޜްޝްވަރްދަންގެ އާ ފިލްމު 'ސިލާ'ގެ ޝޫޓިން ނިންމާލައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރު ހަރްޝަވަރްދަން ރާނޭގެ އާ ފިލްމު "ސިލާ"ގެ މަސައްކަތް ނިންމާލައިފިކަން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ. އޮމަންގް ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ސިލާ" މަސައްކަތް އެއްކޮށް ނިންމާލެވުމާ އެކު ވަރަށް އަވަހަށް ފިލްމު ސިނަމާތަކަށް ގެނެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. އެކްޝަން ތުރިލާއެއް ކަމަށްވާ "ސިލާ"އިން ހަރްޝްވަރްދަންއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ފިލްމު "ދަ ޑިޕްލޮމެޓް"އިން މަގުބޫލުކަން ހޯދި ސާދިއާ ހަތީބެވެ. ފިލްމު "ސިލާ"ގެ ޝޫޓިން ނިމުނުކަން އިއުލާންކުރުމުގެ ގޮތުން، ފިލްމުގެ ޓީމުން ވަނީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ޚާއްސަ ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި ފިލްމުގެ މުޅި ކާސްޓާއި ކްރޫ ފެންނައިރު، ފަހަތުގައި "ސިލާ - އިޓްސް އަ ރެޕް" މިހެން ލިޔެފައިވެއެވެ. ފިލްމު "ސިލާ"ގެ ޑައިރެކްޓަރު އޮމަންގް ކުމާރު އަދި އެކްޓަރު ހަރްޝްވަރްދަން--ފޮޓޯ/އެންޑީޓީވީ 'ސިލާ'އަކީ ޒީ ސްޓޫޑިއޯސްއާއި ބްލޫ ލޯޓަސް ޕިކްޗާސް، ސްޓާކް އެންޓަޓެއިންމަންޓް އަދި އިނޮވޭޝަންސް އިންޑިއާ ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމު "ސިލާ"ގެ މަސައްކަތް ނިންމިކަން އިއުލާނުކުރިއިރު ހަރްޝް އަންނަނީ އެކްޓަރު ޖޯން އަބްރަހަމް ޕްރޮޑިއުސްކޮށް ގެނެސްދޭ "ފޯސް 3"ގެ މަސައްކަތް ކުރަމުންނެވެ. ފިލްމު "ފޯސް 3" އަކީ ޖޯންގެ އަމިއްލަ އަމިއްލަ ފިލްމު ކުންފުނި 'ޖޭއޭ އެންޓަޓެއިންމަންޓް' އަދި 'ކެރޮލިނާ ކޯޕަރޭޝަން' ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ހަރްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "އޭކް ދިވާނޭ ކީ ދީވާނިއްޔަތު"އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނުއިރު ބެލުންތެރިންގެ މެދުގައި ފިލްމުގެ މިއުޒިކަށް ވެސް ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ