މާލެ ރީޖަނަލް ލީގު ދެވަނަ ޑިވިޝަން 2026 ގައި މަހިބަދޫ ސްޕޯޓްސް ބަލިކޮށް ޔުނައިޓެޑް ހެންވޭރިއަންސް އިން ފެންވަރު ދައްކާލައިފިއެވެ. ހެންވޭރިއަންސް މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
މި މޮޅާއެކު މަހިބަދޫ ފަހަތައް ޖައްސާލާ ހެންވޭރިއަންސް ޓީމުން ވަނީ ގުރޫޕުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކުއެވެ. ގުރޫޕުގެ އެއްވަނައިގަ އޮތީ ދެމެޗު ވެސް ކާމިޔާބު ކުރި ލޮރެންޒޯއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށައިގެން މަހިބަދޫ ޓީމުން ވަނީ އެޓޭކުގައި ގިނަ ހަމަލާތަކެއް ފޮނުވާލާ ހެންވޭރިއަންސް ޓީމު ހާސްކޮއްލާފައެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނިޓުގައި އޭރިއާތެރެއިން މޮޝޫދު ގޮމާ ބޮލުން ފޮނުވާލި ބޯޅަ ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 32 ވަނަ މިނިޓުގައި ގޯލުއޭރިއާ ތެރެއިން މަހިބަދޫގެ އޮސްކާ އުޗެންޑޫ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ 34 ވަނަ މިނިޓުގައި ހެންވޭރިއަންސް އަށް ލިބުނު ހިލޭ ޖެހުން އަހުމަދު ވިސާމް ފޮނުވާލުމުން ދިޔައީ ދަނޑިމަތިން ބޭރަށެވެ.
މިހާފުގެ 37 ވަނަ މިނިޓުގައި މަހިބަދޫގެ އާދަމް ފަހުމާން އަށް ވަނީ ލަނޑުޖަހަން ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ މިނިޓުގައި އުޗެންޑޫ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ހެންވޭރިއަންސްގެ ކީޕަރު އާތިފް އަހުމަދު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ ދެވަނަ ހާފުގައި ހެންވޭރިއަންސް އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ. ހެންވޭރިއަންސް ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކެޕްޓަން ޝަހީމް އަބްދުލް ގާދިރު ކާމިޔާބު ކުރީ 67 ވަނަ މިނިޓުގައިއެވެ.
މެޗުގެ 79 ވަނަ މިނިޓުގައި ހެންވޭރިއަންސް ޓީމުގެ އިމްރާން މުހަންމަދު ދިން ބޯޅައެއްގައި ޝަހީމް އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހެންވޭރިއަންސް އެއްވަރުވި އިރު މަހިބަދޫ މޮޅުވީ ބޮޑު ތަފާތަކުންނެވެ.
މަހިބަދޫ ބަލިކޮށް ޔުނައިޓެޑް ހަންވޭރިއަންސް ފެންވަރު ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ