ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ހުއްޓުވަން ވަގުތީ އަމުރަކަށް އެދެފި
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ ގަރާރުގެ ދަށުން، ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދެފި އެވެ.މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވަވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ.މި މައްސަލައިގައި އެމްޑީޕީން ވަނީ ޖުޑީޝަލް ރިވިއު ދައުވާއާއެކު އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައެވެ.ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ