ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރާ އިދާރާތަކަށް އެޅި ފިޔަވަޅެއް އޭސީސީއަށް ކިޔައިނުދެވުނު ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރާ އިދާރާތަކަށް އެޅި ފިޔަވަޅެއް އޭސީސީއަށް ކިޔައިނުދެވުނު

އެންޓި ކޮރަޕްޝަން ކޮމިޝަނުް (އޭސީސީ) އިން ތަހުގީގުކޮށް ނިންމި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތްނުކުރާ އިދާރާތަކަށް އެޅި ފިޔަވަޅެއް އެ ކޮމިޝަނަށް ކިޔައި ނުދެވުނެވެ.
މިކަމާ ގުޅޭގޮތުން އޭސީސީއަށް ތަކުރާރުކޮށް ގުޅައި މެސެޖުކޮށް، ސުވާލު ކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އޭސީސީން މެއި، 2024، ގައި ބުނީ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެ ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާ ކަމަށާއި ފައިސާ ހޯދަން މަސައްކަތް ނުކުރާ އިދާރާތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން އޭރު ބުންޏެވެ.
"މި ނިޒާމުގެ ތެރެއިން، އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ގާނޫނީ ގޮތުން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރަން،" އޭސީސީން ބުންޏެވެ.
އޭސީސީން ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާކުރަން ހާއްސަ ނިޒާމެއް ގާއިމުކޮށްފަ އެވެ.
އޭސީސީން 2023 ވަނަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން، ދައުލަތަށް ލިބެން ޖެހޭކަމަށް ނިންމި 50.3 މިލިޔަން ރުފިޔާގެ ތެރެއިން 40.4 މިލިޔަން ރުފިޔާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާ އެވެ.
އެމްޓީސީސީން 8.4 މިލިޔަން ރިފިޔާ ހޯދަން ޖެހޭ އިރު ފެނަކައިން ވެސް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް އޭސީސީން ކުރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ