ދިރާގުގެ "ސްޕިން ދަ ވީލް" އާއެކު، އައު އަހަރަށް އައު އަޒުމެއް ކަނޑައެޅުމުގެ ފުރުސަތު
ދިރާގުގެ "ސްޕިން ދަ ވީލް" ގެ ބުރު އަނބުރާލައިގެން އައު އަހަރަށް އައު އަޒުމެއް ކަނޑައެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. ދިރާގު ހެޑް އޮފީހުގެ ބޭރުގައި "ސްޕިން ދަ ވީލް" ބިލްބޯޑެއް މިހާރު ވަނީ ބަހައްޓައިފައެވެ. އެ ބިލްބޯޑުގައި ވަނީ، ބުރު އަނބުރާލައިގެން އައު އަހަރަށް އައު އަޒުމެއް ކަނޑައެޅުމެވެ. ކޮންމެ މީހަކަށް ވެސް މިކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ. 'ސްޕިން ދަ ވީލް'ގައި ހިމެނޭ އަށް ކަމަކީ: އާ ހުނަރެއް ދަސް ކުރުން ދީނީ ކަންކަމަށް ސަމާލުކަން ދިނުން ކޮންމެ ދުވަހަކުވެސް ލިބޭ ކުދިކުދި ކާމިޔާބީތައް ފާހަގަކުރުން އޯގާތެރިވުން އާ ކަމެއް ތަޖުރިބާ ކުރުން ގިނަގިނައިން ހެލިފެލިވެއުޅުން ލޯބިވާ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އާދަ ހަރުލެއްވުން ދިރާގުން ފެށި މި ހަރަކާތަކީ، މީހުންގެ ކިބައިގައި ރީތި އާދަތައް އަށަގެންނެވުމަށް ބާރު އަޅައި، މި ފެށުނު އަހަރަކީ ރަނގަޅު ކަންކަމަށް އިސްކަންދޭ އަހަރަކަށް ހެދުމަށް މީހުންނަށް ހިތްވަރުދިނުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ