މަގުބޫލު ލިޔުންތައް ޕަވާ އަވާ ސްޓޫޑިއޯގެ ބޮޑު ޗެލެންޖު: ބަރުދަން ލުއިކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު! ތައިލެންޑުގައި އުފައްދާ 3 ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނި, ސަމާލުވުމަށް އެދިއްޖެ! ހިތަދޫ އާޔާވިލާގައި ހިނގި އަލިފާނުގެ ހާދިސާ: އެދެނީ އާ

އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނިން ދަތުރުތައް ބާއްވަން ތާވަލުކޮށްފައި ވަނީ ހަފުތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފީހުން ބުނީ ތޮއްޑޫ ހިމެނޭ ސަރަހައްދަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ސަރަހައްދެއް ކަމުން، އެ ދިމާއަށް އޮތް ޑިމާންޑު މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އަލަށް މި ފަށާ ސީޕްލޭންގެ ދަތުރުތަކާ އެކު، އެ ރަށްރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފުޅާކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބ. ކަމަދުއަށް ވެސް ވަނީ ސީޕްލޭން ދަތުރުތައް ފަށައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އއ. އުކުޅަހާއި ނ. ވެލިދުއަށް ވެސް ދަތުރުތައް ފެށުމަށް ޕްލޭން ކޮށްފައިވާ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ