ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޕެންޝަން ފައިސާ ބޭނުންކުރެވޭ އިސްލާހެއް

ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ދޫކުރެވޭނެ ގޮތް ކަނޑައަޅާ، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރެވެ.
ތަފްސީލް - ހާއްސަ ހާލަތްތަކުގައި އެ މީހެއްގެ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ވިދާޅުވެފަ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެނީ ފަރުލު ހައްޖު އަދާކުރުމަށާއި ބޯހިޔާވަހިކަމުގެ ބޭނުންތަކަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ޓާމިނަލް އިލްނަސް ނުވަތަ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޭސްފަރުވާއަށް އޭނާގެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން، ޕެންޝަން ފަންޑުގެ ބައިވެރިޔަކު ޓާމިނަލް އިލްނަސްގެ ހާލަތުގައި އޭނާގެ ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ދޫކޮށްދޭން އެދެފި ނަމަ އެ ފައިސާ ދޫކުރެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
ޓާމިނަލް އިލްނަސްގެ ހާލަތް ކަމަށް އެ އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށެވެ.
މިފަދަ ހާލަތްތަކުގައި އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ނުވަތަ އެދޭ މިންވަރަކަށް ދޫކުރެވިދާނެ ކަމަށް އިސްލާހުގައިވޭ
ބިލުގައި ހިމަނާފައިވާ މުހިއްމު އެހެން އިސްލާހުތައް:
ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހަކަށް ޕެންޝަން ސްކީމުން ލިބޭ ޕެންޝަން ފައިސާ ފިޔަވާ ދައުލަތުގެ އެހެން ޕެންޝަން ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަކީ އަސާސީ ޕެންޝަނަށް ވުރެ ބޮޑު އަދަދެއް ނަމަ، އެ މީހަކަށް އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނެއް ނުލިބޭނެ
ޕެންޝަން ލިބެމުން އަންނަ މީހަކު ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ/ސަރުކާރުގެ ކުންުފުންޏެއްގެ މަގާމަކަށް އައްޔަނުކޮށްފި ނަމަ ޕެންޝަން ފައިސާ ނުލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ