ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އާތިފް ދިފާއުކުރައްވައިފި އެވެ.
ވީކިިހިނެއް؟ - މިއަދު ކުރިއަށް ދިޔަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ މޭޔަރުކަން އަނެއްކާވެސް އާތިފް ކާމިޔާބުކުރައްވާކަން، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކަ އެވެ.
ތަފްސީލް - މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާ ގޮތުން، އާތިފް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް %68 ވޯޓުންނެވެ. އެއީ 2،500އަށް ވުރެ ގިނަ ވޯޓެވެ.
އޭނާއާ ވާދަކުރެއްވި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ހަސަނަށް މިހާތަނަށް ލިބިވަޑައިގަތީ %32 ވޯޓެވެ. އެއީ 1،200އެއްހާ ވޯޓެވެ.
ވަގުތީ ނަތީޖާ: ކުޅުދުއްފުށީގެ މޭޔަރުކަން އާތިފް ދިފާއުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ