އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް ސެމީގެ ޖާގަތައް ކަށަަވަރުވެއްޖެ އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕް ސެމީގެ ޖާގަތައް ކަށަަވަރުވެއްޖެ

ސްރީ ލަންކާގައި މިއަދު ފެށި އެސްޕަޔާ/ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަަލުގެ ޖާގަތައް ހޯދި ޓީމުތައް ކަށަަވަރުވެއްޖެ އެވެ.
ރާއްޖޭގެ އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ވަރުގަދަ ކްލަބް، ރިނޯން އިން ގުޅިގެން ކުރިއަށްގެންދާ މުބާރާތަކީ، ދިވެހި އެކަޑަމީ އަކުން ރާއްޖޭން ބޭރުގައި މި ގޮތަށް އިސްނަގައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.
އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ރާއްޖޭގެ ފަސް އެކަޑަމީ އަކާއި ލަންކާގެ އަށް އެކަޑަމީއެއް، ހަތަރު އުމުރުފުރާ (8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށް) ކެޓަަރީތަކުގައި އެކި ޓީމުތައް މި މުބާރާތުގައި ވާދަކުރެ އެެވެ.
އެ ގޮތުން، ރާއްޖޭގެ އެކަޑަމީތަކުން ވާދަކުރަނީ، 8، 10، 12 އަހަރުން ދަށް ކެޓަގަރީތަކުގަ އެވެ. މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، އެއް ވަނަ އާއި ދެ ވަނަ ޓީމު ހޮވޭނީ ކަޕް، . މުބާރާތުގެ ސެމީ ފައިނަލަށެވެ. އަދި، ތިން ވަނަ އާއި ހަތަރު ވަނަ ޓީމުތައް ކުޅޭނީ ޕްލޭޓް މުބާރާތުގެ ސެމީ ފައިނަލުގަ އެވެ. މުބާރާތުގެ ފޯމެޓްގައި އޮތްގޮތުން، ކޮންމެ ޓީމަކަށް ވެސް ފަސް މެޗު ކުޅެން ލިބޭނެ އެވެ.
އެ ގޮތުން، 10 އަހަރުން ދަށް ކެޓަގަރީގައި، ކަޕް ސެމީ ފައިނަލުގައި ރ. ދުވާފަރު އެކަޑަމީން ކުޅޭނީ ލަންކާގެ ޖާވާ ލޭންއާ އެވެ. އަނެއް ސެމީ ފައިނަލުގައި އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި ރިނޯން ބައްދަލުކުރާނެ އެވެ. މި އުމުރުފުރާގެ ޕްލޭޓް ކެޓަގަރީގެ ސެމީ ފައިނަލަށް ބަލާއިރު، ލަންކާގެ ކޫރޭ އިން އެ ގައުމުގެ ޓީއެސްއޭއާ ކުޅޭއިރު، ލަންކާގެ ފުޓްބޯލް ލެބުން ބައްދަލުކުރާނީ، ފ. މަގޫދޫ ސްޕޯޓްސް އެކަޑަމީގެ ޓީމާ އެވެ.
އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ބާރަ އަހަރުން ދަށުގެ ކަޕް ކެޓަގަރީގެ ސެމީ ފަައިނަލުގައި، ރާއްޖޭގެ އެޑްވެންޗާ އެކަޑަމީން ކުޅޭނީ ލަންކާގެ ރިނޯންއާ އެވެ. އަދި، އެސްޕަޔާ އިން ބައްދަލުކުރާނީ ރ. ދުވާފަރު އެކަޑަމީއާ އެވެ. ޕްލޭޓް ކެޓަގަރީ ސެމީގައި ރާއްޖޭގެ ބީޖީ ސްޕޯޓްސް ކްލަބް އެކަޑަމީން ބައްދަލުކުރާނީ ލަންކާގެ ހިލްސް ފުޓްބޯލް އެކަޑަމީއާ އެވެ. އަދި، ލަންކާގެ ސައުންޑާސް އިން އެ ގައުމުގެ ފުޓްބޯލް ލެބްްއާ ބައްދަލުކުރާނެ އެވެ.
ސެމީ ފައިނަލަށް ފަހު ދެން އޮންނާނީ، ތިން ވަަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.
ލަންކާގެ ކޮލަމްބޯ ޔުނިވާސިޓީ ގްރައުންޑްގައި މާދަމާ ކުރިއަށްދާނީ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗުތަކުގެ އިތުރުން ފައިނަލް މެޗުތެކެވެ. މި މުބާރާތުގެ މެޗުތައް ލަންކާގެ ކުޅިވަރު މީޑިއާ ޕަޕާރޭ އިން ސޯޝަލް މީޑިއާގެ ފޭސްބުކް ޕޭޖުގެ އިތުރުން ޔޫޓިއުބްގައި ލައިވްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ