ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: ސެމީގައި ކުޅޭ ޓީމުތައް ކަށަވަރުވެއްޖެ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ސެމީ ފައިނަލްގައި ކުޅޭނެ ޓީމްތައް ކަށަވަރުވެއްޖެ އެވެ.އެގޮތުން މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޮޅަދޫ - ޔަންގް ބްލަޑް އާއި ހޯރަފުށީ ޓީމް ހިޔާ އެވެ. އަދި ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އާއި ހޯރަފުށީ އެފްސީ ފްރޮގޭޓާރ އެވެ. މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މި މަހު 30 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ