ވީއައިއޭއިން މިއަދު 27،000 ފަސިންޖަރުންނަށް ހިދުމަތް ދީފި

ހަތާވީހަށްވުރެ ގިނަ ފަސިންޖަރުންނާއެކު މިއަދަކީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.އެމްއޭސީއެލް އިން މިރޭ ބުނީ، މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސް ކަމަށެވެ.ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމްލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެ އެވެ.އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށާއި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށެވެ.މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގަ އެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ހިދުމަތް ދީފަ އެވެ. އެހެންވެ މިއަދަކީ، ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ.މި މަހު އެވްރެޖުކޮށް 7،000 ޓޫރިސްޓުން ރާއްޖެއަށް އާދެ އެވެ. އަދި މިއަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ އިރު މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ