ބަޖެޓު ކިޔަވައިދޭ، ބަޖެޓަކީ
ކޯއްޗެއްކަން ދަންނަ މީހުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ތާއީދުކުރައްވާނެ
ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ
މިއަދު ރައްޔިތުންގެ މަޖިލީހުގައި 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް
ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ އަންނަ
އަހަރުގެ ބަޖެޓަކީ ހަގީގަތުގަގައި ބަޖެޓެއް ހުށަހަޅަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ
ބަޖެޓެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ އަންނަ
އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އައު ކަންތައްތަކެއް ފެންނާތީވެ، އާ
ގޮތްތަކަށް ބަޖެޓް އޮވެގެން އެކަމާއި ކުރީގެ ބައެއް ވެރިން ޕޯޑިއަމްތަކުގައި
ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
މެމްބަރު ވިދާޅުވީ ބަޖެޓުގައި މައިގަނޑު
ނުވަ ވަތްގަނޑެއް އޮންނަ ކަމަށާއި އެ ނުވަ ވަތްގަނޑުތެރޭގައި ހަރަދުކުރާނެގޮތާއި ހަރަދުގެ
ކަންކަން ބަލަހައްޓާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޖެޓުގައި ބަޔާންކޮށްފައި
އެބައޮތް ކަމަށެވެ.
ސިއްހީ ދާއިރާއަށް 902 މިލިއަން
ރުފިޔާ ހުށަހަޅާފައިވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މިކަމުން އެނގިގެން
ދަނީ ރާޢްޖޭގެ އެކި ހިސާބުތަކުގައި ތައްޔާރުކުރެވެމުންދާ ސިއްހީ މަރުކަޒުތަކާއި
އަދި މާލޭގެއި ގާއިމުކުރުމަށް ސަރުކާރުން ރާވާފައި އޮތް ހޮސްޕިޓަލުތައް
ގާއިމުކުރެވިގެންދާނެކަން ކަމަށެވެ.
ތައުލީމީ ދާއިރާއަށް 6،162
މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް ކަން ފާހަގަކުރައްމާ
މެމްބަރު ވިދާޅުވީ އެންމެ ބޮޑު ހަރަދައް ކުރަނީ ދަރިވަރުންނަށް ލޯން ސްކީމަށް ކަމަށެވެ.
މިކަމުގެ ސަބަބުން ދަރިވަރުންނަށް
އޮތް މަތީ ތައުލީމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ހަމައެއާއެކު 419 މިލިއަން ރުފިޔާ ސްކޫލާއި ޔުނިވާސިޓީތައް އިމާރަތްކުރުމަށް މި
ބަޖެޓުގައި ހުށަހަޅާފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ އެންމެ ބޮޑު
އެއް މައްސަލައަކީ މާލޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ
ކަމަށާއި ކުދި ކުދި ތަންންކޮޅުގައި ތިން ހަތަރު އާއިލާ އުޅެން ޖެހިފައިވާ މައްސަލަ
ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު މުހިއްމު ވަނީ އަންނަ އަހަރުގެ ބަޖެޓުން މިމައްސަލަތައް ހައްލުކޮށްދޭތީކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ
ވިޔަފާރިވެރިންނަށް ބަރޯސާނުވެ އަމިއްލަ ބިންވެރިޔާއަށް ބިން ހެދޭނެގޮރް މި ބަޖެޓުން
ވަރަށް ރީތިކޮށް އެބަ ދައްކައިދޭ ކަމަށެވެ.
ބަޖެޓަކީ ކޯއްޗެއްކަން ދަންނަ މީހުން މި ބަޖެޓަށް ތާއީދުކުރައްވާނެ: މެމްބަރު މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ