ތިބާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު މީހަކަށްވެވި ޞިރާޠުމަގުން ފައިކައްސާނުލާނެ މީހަކަށް ވެވޭނެކަން ޔަޤީން މަގު- ޙަދީޘުން!

ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ކަމަކަށްވާނީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ. އެއިގެ ފަހަތުން އަންނާނީ ފަސޭހަކަމާއިއެކު ޞިރާޠު މަގު ހުރަސްކުރެވުމެވެ. މި ދެނިޢުމަތް ޙާޞިލުވުމަށް އެދޭމީހާއަށްވެސް އޮތީ މިޙަދީޘްފުޅަށް ޢަމަލުކުރުމެވެ.  
أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ أَوْ تَكْشِفُ عَنْهُ كُرْبَةً أَوْ تَقْضِي عَنْهُ دِينًا أَوْ تَطْرُدُ عَنْهُ جُوعًا وَلَأَنْ أَمْشِيَ مَعَ أَخِيهِ فِي حَاجَةٍ أَحَبُّ إِلَيَّ مِنْ أَنْ أَعْتَكِفَ فِي هَذَا الْمَسْجِدِ يَعْنِي مَسْجِدَ الْمَدِينَةِ شَهْرًا وَمَنْ كَفَّ غَضَبَهُ سَتَرَ اللَّهُ عَوْرَتَهُ وَمَنْ كَظَمَ غَيْظَهُ وَلَوْ شَاءَ أَنْ يُمْضِيَهُ أَمْضَاهُ مَلأَ اللَّهُ عَزَّ وَجَلَّ قَلْبَهُ أَمْنًا يَوْمَ الْقِيَامَةِ وَمَنْ مَشَى مَعَ أَخِيهِ فِي حَاجَةٍ حَتَّى أَثْبَتَهَا لَهُ أَثْبَتَ اللَّهُ عَزَّ وَجَلَّ قَدَمَهُ عَلَى الصِّرَاطِ يَوْمَ تَزِلُّ فِيهِ الأَقْدَامُ 
"މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ ފައިދާ ކުރާ މީހާއެވެ. އަދި އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލަކީ މުސްލިމަށް އުފާވެރިކަން ހޯދައި ދިނުމަށްޓަކައި ކުރެވޭ ޢަމަލެކެވެ. ނުވަތަ އޭނާގެ ދިމާވެފައިވައި ދަތިކަމެއް ފިލުވައިދނުން، ނުވަތަ އޭނާގެ ބޭނުމެއް ފުއްދައިދިނުން، ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުން، ނުވަތަ އޭނާގެ ބަނޑުހައިކަން ފިލުވައިދިނުން، ނުވަތަ އޭނާގެ އަޚާގެ ބޭނުން ފުއްދައި ދިނުމަށް އޭނާ އާއިއެކު ދިއުން މަދީނާގައިވާ ތިމަން ކަލޭގެފާނުގެ މިސްކިތުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށްވުރެ ލޮބުވެތިކަން ބޮޑެވެ. ތިމާގެ ބެލުންތައް ތިރި ކުރާ މީހާގެ ޢައުރަ އެކަލާނގެ ރައްކާތެރިކޮށް ދެއްވާނެއެވެ. އަދި ތިމާގެ ރުޅިކޮންޓްރޯލް ކުރާ މީހާ، ނުވަތަ އެކަމުގައި ކުރިއަށްދާން އެދޭ މީހާ އެކަމުގައި ކުރިއަށް ދާންވީއެވެ. މާތް اللَّهُ ޤިޔާމަތް ދުވަހުގައި އެމީހާއަށް އަމާންކަން ދެއްވާ ހުއްޓެވެ. އަދި ތިމާގެ އަޚާގެ ބޭނުމެއް ފުއްދައި ދިނުމަށް އޭނާއާއި ވަކިވެ ނުވެ ޘާބިތުކަން މަތީ ހުންނަ މީހާ، ޞިރާޠު މަގުގައި ފައިތައް ކައްސާލައިގެން ދާ ދުވަހު (އޭނާގެ ފައިތިލަ) ޤިޔާމަތް ދުވަހުގައި ޞިރާޠު މަގުގައި އެކަލާނގެ ޘާބިތު ކޮށް ދެއްވާނެއެވެ." 
- ޝައިޚް މޫސާ އަންވަރު ޙަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ