ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ލެސްޓް ކޮފީ ތެރެއަށްވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތުކޮށް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްތެރޭގައި މާރާމާރީ ހިންގި ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ގއ. ދެއްވަދޫ، ވައިލެޓްމާގޭ އަހުމަދު ތައުފީގާއި، އުމުރުން 44 އަހަރުގެ ބ. ތުޅާދޫ، މީޒާން، އަސަދުﷲ ހާތިމެވެ.ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ލެސްޓް ކޮފީ ތެރެއަށްވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތުކޮށް ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ލެޓްސް ކޮފީ ކެފޭތެރޭ މާރާމާރީ ހިންގި ދެ މީހުން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ