ރާއްޖެއަށް ބޮޑު ސަރަހައްދަކަށް ކުރިއަށް އޮތް 48 ގަޑިއިރުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދާއި މާދަމާ މޫސުން ގޯސްވި ނަމަވެސް ކުރިއަށް އޮތް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ.
މޫސުން އަންނަ ހަފްތާ އިން ފެށިގެން ރަނގުވާން ފެށި ނަމަވެސް އަންނަ ހަފްތާވެސް ބައެއް ވަގުތުތަކުގައި ތަންކޮޅެއް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނީ ވައިގަދަވާއިރު އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 18 މޭލާއި 28 މޭލަށް ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުރިއަށް އޮތް 48 ގަޑިއިރުވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ