2018 ގައި ނާލާފުށިން ލިބުނީ %38، އެކަމަކު ތަފާތެއް ނުކުރަން: ރައީސް

2018 ވަނަ އަހަރު މ. ނާލާފުށިން އެމްޑީޕީއަށް ލިބުނީ 38 އިންސައްތަ ވޯޓު ކަމަށާއި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް އެހެން ރަށްރަށާ ތަފާތު ނުކޮށް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނު މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ. ނާލާފުއްޓަށް ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ނާލާފުއްޓަކީ އާބާދީ ކުޑަ ރަށަކަށް ވުމުން މީގެ ކުރީގެ ސަރުކާރުތަކުގެ ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓަށް ނާލާފުށީގެ ނަން އަރަނީ ވަރަސް މަދުން ކަމަށެވެ.
އެގޮތަށް ކަން ހިނގާނަމަ، ނާލާފުއްޓަށް ތަރައްގީގެ މަޝްރޫއުއެއް އަންނާނީ 15،20 އަހަރު ފަހުން ކަމަށެވެ.
ނަމަވެސް މި ވެރިކަމުގައި އެކަން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަސާސީ ހިދުމަތްތައް ދޭން ޖެހޭނީ ވަކި ރަށެއް ތަފާތު ނުކޮށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވ ނާލާފުށި ހިމެނޭހެން ކުދި ރަށްްތަކުގައި ތަރައްގީގެ އެތައް މަޝްރޫއުއެއް މިހާރު ހިނގަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖ ދައްކާ ގޮތުގައި ނާލާފުށިން އެމްޑީޕީއަސް ލިބުނީ 38 ޕަސެންޓް ވޯޓޫ ނަމަވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ހިދުމަތެއް ދެމުން އަންނަ ކަމަށެވެ.
އެހެންކަމުން ކުރިއަށްއޮތް އިންތިހާބުގެ ނަތީޖާ ބަދަލުވެގެން ދާނެ ކަމަށާއި އެމްޑީޕީ ކޯލިޝަނަށް އެރަށުން ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނާލާފުށީގައި އޮތް އެންމެ ބޮޑު ކަމަކީ ބަނދަރުގެ މައްސަލަކަމަށާއި އެމްޑީޕީން ފުރަތަމަވެސް ކުރި އެއް ކަމަކީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރަށްވުރެވެސް ޖާގަ ބޮޑުކޮށް، އާ ބަނދަރެއް ހެދުމަށްޓަކައި ކުިުއަށް އޮތް ދައުރުގައި މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނާލާފުއްޓާއި މުއްޔާ ދޭތެރޭ ގުޅާލުމަކީ ވައުދެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއްގަމު މަގުން ގުޅާލުމުން ރަށުންލިބެން ނެތް ހިދުމަތް ހޯދުމަށްޓަކައި މުއްޔަށް ދިއުމަށް ފަސޭހަ ވާނެ ކަމަށެވެ.
އެއާޕޯޓް ނިމުމާ އެކީގައި ދެރަށް ގުޅާލުމުގެ މަސައްކަތް ފަށައިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކުރިއަށްއޮތް ދައުރުގައި ނާލާފުށީގެ ބިން އިތުރުކޮށް ފްލެޓް ނުވަތަ ރޯހައުސް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a1d087dadd5b73485567cae98f9a2e56" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ