ގާސިމް އިބްރާހީމްގެ އެޑްވައިޒަރކަން ނިހާނަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމުގެ މަގާމު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހަމަޖައްސަވައިފިއެވެ.
އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ނިހާން މިއަދު އައްޔަން ކުރެއްވުމާއިއެކު ނިހާނަކީ މިހާރު އެޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށެވެ.
ނިހާން މިއަދު ގާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވާއިރު މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާއިރު މިމަހު 23 ގައި ޖޭޕީން ބާއްވާ އެޕާޓީގެ ކޮންގްރެސްގެ ކުރިން މުހިއްމު ބަދަލެއްގެ ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރަން ވަނީ ނިންމާފައެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީންވެސް ތައްޔާރުވަމުންދާއިރު، އެ ޕާޓީން ނިކުންނާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ގައުމީ ކޮންފަރެންސްގައެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެކަމަށް އެޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ