20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް އިބްރާހިމް، 241 ކޮމިޓީއަށް ސަލީމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަމަޖައްސަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
ޕީއެންސީގެ ރަސްމީ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މިބައްދަލުވުމުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޖީގެ މަގާމުތަކަށް އައްޔަނުކުރާނެ ފަރާތްތައްވެސް ވަނީ ފާސްކޮށްފައެވެ.
އެގޮތުން:
މީގެއިތުރުން މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަން ފާސްކޮށްފައި ވަނީ އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއީ ތާރީހުގައި ވެސް މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބާވާނެ ދައުރެވެ. މި ދައުރުގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ