ގިނަ ދުވަސްތަކަކަށް ފަހު އިންޑިއާ އުޅަނދުތަކުގެ އޮޕަރޭޝަން އަލުން ފަށައިފި

މިދިޔަ އަށެއްކަ މަސް ދުވަހު އިންޑިއާގެ ޑޯނިއާއާ ހެލްކޮޕްޓަރުގެ އޮޕަރޭޝަން އޮތީ ހުއްޓިފަ އެވެ. ސިވިލިއަނުން އައި ފަހުން ވެސް އުޅަނދުތަކުގެ އޮޕަރޭޝަން އޮތީ ނުފެށި އެވެ.
ރާއްޖެއިން އިންޑިއާއަށް ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި ސިފައިން ފޮނުވާލުމަށް ފަހު ސިވިލިއަނުން ގެނައުމަށް ފަހު އަލުން އެ އުޅަނދުތަކުގެ އޮޕަރޭޝަން ފަށައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ހުރިހާ ސިފައިން ފައިބައިގެން ގޮސް މިހާރު ތިބީ މުޅީން ވެސް ސިވިލިއަނުން ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް މުޅި އެ އޮޕަރޭޝަންގެ ފުރިހަމަ ތަފްސީލެއް ސަރުކާރުން ނުދެ އެވެ.ބައެއް މީހުން ދެކޭ ގޮތުގައި ސިވިލިއަނުން ގޮތުގައި ވެސް އަލުން ރާއްޖެ ފޮނުވީ އިންޑިއާގެ ރިޓަޔާޑް ސިފައިންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި އަދިވެސް ގާއިމުވެ އެބަ ތިއްބެވެ. ބޭލުނީ އެ މީހުން އަޅާ އުޅުނު ޔުނީފޯމް އެކަންޏެވެ.މިދިޔަ އަށެއްކަ މަސް ދުވަހު އިންޑިއާގެ ޑޯނިއާއާ ހެލްކޮޕްޓަރުގެ އޮޕަރޭޝަން އޮތީ ހުއްޓިފަ އެވެ. ސިވިލިއަނުން އައި ފަހުން ވެސް އުޅަނދުތަކުގެ އޮޕަރޭޝަން އޮތީ ނުފެށި އެވެ.ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިރޭ އޮތް ޖަލްސާ ގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ އުޅަނދުތަކުގެ އޮޕަރޭޝަން މިރޭ އަލުން ފަށާފައިވާ ކަމަށެވެ. އެ ގޮތުން އިންޑިއާ ހެލްކޮޕްޓަރު ގައި ބަލި މީހަކު މިރޭ ހަނިމާދޫން މާލެ ގެނެސްފައިވާ ކަމަށެވެ.އެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭތީ ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ